ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ ތެރެއިން ފުލުހުންހެ ޚިދުމަތް ދިނުމަށް އެކުލަވައިލާފައިވާ "ނެއިބަހުޑް ޕޮލިސިންގ މޮޑެލް–އަވައްޓެރި ފުލުހުންގެ ޚިދުމަތް" މުލަކަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
އިއްޔެ ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ.
އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންން ބައިވެރިވެލެއްވިއެވެ. އަދި މ.އަތޮޅު ކައުންސިލާއި ދިއްގަރު ކައުންސިލު އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން މ.އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
އެ ރަސްމިއްޔާތުގައި، ދިއްގަރުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ "ލާމެހި" ކެމްޕެއިން އިފްތިތާހުކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲއެވެ.
އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ މޮޑެލްއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު މާލޭ އޭރިއާގައި އަދި 2019 ވަނަ އަހަރު އައްޑޫ އާއި ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު، 2019 މާރިޗު 29 ވަނަދުވަހު އިފްތިތާހްކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިއޯރިޓީއެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާފައިވާ ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލްއެކެވެ.
މި ޚިދުމަތް މުޅި ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 އޮކްޓޯބަރ 1 ވަނަ ދުވަހުއެވެ. އެގޮތުން އަވައްޓެރ ފުލުހުންގެ ޚިދުމަތް ރަސްމީކޮށް މިހާރު ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، ކ.އަތޮޅު، އއ.އަތޮޅު، އދ.އަތޮޅު، މ.އަތޮޅު، ތ.އަތޮޅު، ގއ.އަތޮޅު، ގދ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު