ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާއާއި އޭނާގެ ދަރިފުޅުގެ ހަބަރެއްވެއްޖެއެވެ.

ހުޅުމާލެއިން ގެއްލިގެން ފުލުހުން ހޯދަން އިއުލާންކުރީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅެެވެ. އެ ދެމައިން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެއެވެ.



ފުލުހުން މީގެއިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ އޭނާގެ އާއިލާއަށް މިއަދު ގުޅާފައިވާކަމަަށެވެ. އަދި އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް ބުނެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފަހަކަށް އައިސް މިގޮތަށް ގެއްލިގެން ރިޕޯޓްކުރާ މީހުންގެ ަަދަދު ގިނަ ނަމަވެސަ ގެއްލިގެން ހޯދަން މައުލޫމާތު އާއްމުކުރާތާ މާގިނައިރުތަކެއް ނުވަނީސް އެމީހުން ވީނުވީތަން ހޯދިފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު