ސިޑްސްގެ އިންޓަރނޭޝަނަލް ކޮންފަރެންސްގެ އިންތިޒާމް ކޮމިޓީގެ ރިޔާސަތަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮންނާނީ އަންނަ އަހަރު އެންޓިއުގާ އެންޑް ބަރބުޑާގައެވެ.
މިއަދު އެމެރިކާގެ ނިއުޔޯކްގައި އޮތް ސިޑްސްގެ އޯގަނައިޒޭޝަނަލް ސެޝަންގައި ކޮންފަރެންސްގެ އިންތިޒާމް ކޮމިޓީގެ ރިޔާސަތަށް ދިވެހިރާއްޖޭގެ އިތުރުން ނިއުޒިލެންޑްވެސް ވަނީ ހަމަޖައްސާފައެވެ.
އިންތިޒާމް ކޮމިޓީގައި ރާއްޖެ ތަމްސީލްކުރާނީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންނެވެ. މި ކޮމިޓީޢަކީ ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ ހުރިހާ ކަމެއް ރާވާ، ހިންގާ، އިންތިޒާމްކުރުމުގެ މަސްއޫލިއްުޔަތު އޮންނަ ކޮމިޓީއެކެވެ.
ރާއްޖެއިން މި ކޮމިޓީގައި މަސައްކަތްކުރާއިރު ސިޑްސްގެ ޤައުމުތަކުގެ ގުޅުން ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މުޖްތަމަޢުއާއި ސިޑްސްއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެއެވެ.
ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ. މީގެއިތުރުންވެސް މުހިއްމު އެތައް ކަންކަމާއި ގުޅޭގޮތުން ސިޑްސްގެ ކޮންފަރެންސްގައި މަޝްވަރާކުރާނެއެވެ.

Maldives elected as Co-chair of Preparatory Committee for the Fourth International Conference on SIDS
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 30, 2023
📃 Press Release | https://t.co/rUIGWdlNML pic.twitter.com/8rFUio7xd4
އިންތިޒާމް ކޮމިޓީގައި ރާއްޖެ ތަމްސީލްކުރާނީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންނެވެ. މި ކޮމިޓީޢަކީ ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ ހުރިހާ ކަމެއް ރާވާ، ހިންގާ، އިންތިޒާމްކުރުމުގެ މަސްއޫލިއްުޔަތު އޮންނަ ކޮމިޓީއެކެވެ.
ރާއްޖެއިން މި ކޮމިޓީގައި މަސައްކަތްކުރާއިރު ސިޑްސްގެ ޤައުމުތަކުގެ ގުޅުން ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މުޖްތަމަޢުއާއި ސިޑްސްއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެއެވެ.
ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ. މީގެއިތުރުންވެސް މުހިއްމު އެތައް ކަންކަމާއި ގުޅޭގޮތުން ސިޑްސްގެ ކޮންފަރެންސްގައި މަޝްވަރާކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު