އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ތައްޔާރީތައް މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހެނދުނު ފަށާފައިވާއިރު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުނިންނެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުން ހަވާލުކޮށްފައިވާ ވެން އޫޑްގެ ޖައްރާފު އައްޑޫގައި ބަނދަރުކޮށްފައި ވަނީ އާދީއްތަދުވަހުއެވެ. އަދި މިއަަދު ވަނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.
ވެން އޫޑުން އައްޑޫ ސިޓީ ބިންހިއްކުމަށް ބޭނުންކުރާ ޖައްރާފަކީ އެޗް.އޭ.އެމް 318 ހޮޕަރ ނަމަކަށް ކިޔާ ބޯޓެކެވެ.
އައްޑޫ ސިޓީން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 3.3 ހެކްޓަރުގެ އިތުރު ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި. މިމަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެހުމާއި ވެލި އެޅުން ހިމެނޭ.#Heyoverikan #Ibu2023 pic.twitter.com/a4dfACpfK0
— Mohamed Yasir (@mohamed27yasir) May 30, 2023
އައްޑޫ ސިޓީން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 3.3 ހެކްޓަރުގެ އިތުރު ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު