އެމްޑީޕީގެ ހަރުގެ އަތުލުން ހުއްޓުވުމަށް އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ހެންވޭރުގައި ހުންނަ އެމްޑީޕީގެ ހަރުގެއަކީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް އަދި މިހާރު ދަ ޑިމޮކްރެޓްގެ ނަމުގައި އުފައްދާ ޕާޓީއަށް ސޮއިކޮށްފައިވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައި ހަދާފައި ހުރި ހަރުގެއެވެ. އޭނާ ވަނީ އެމްޑީޕީ ހަރުގެ ހުސްކުރަން މިދިޔަ މާޗުމަހު ޕާޓީއަށް އަންގާފައެވެ. އަދި އެއްބަސްވުމުގެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފައެވެ.
ނަމަވެސް އެތަން ހުސްނުކޮށް އެމްޑީޕީން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެއީ އެތަނުގައި ހަރުގެ ހިންގުމަށް ހެދި އެއްބަސްވުމުގެ ދަށުން އެމްޑީޕީގެ ހައްގުތަކަށް އުނިކަން އަންނާތީކަމަށް ބުނެއެވެ.
މި މައްސަލަ ނިމެންދެން ހަރުގެ ހުސްކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން މިއަދު ކޯޓުގައި އެދުމުން ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ބުނެފައެވެ. އެއީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ އެފަދަ ހައްގެއް މިވަގުތު ފެންނަން ނެތްއިރު، އެ ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެކަމަށްވެސް ނުބެލެވޭތީކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ.
ވަގުތީ އަމުރެއް ނުނެރުނަސް އަންނަ ޖުލައިމަހުގެ ނިޔަލަށް ހަރުގެ ބޭނުން ކުރުމުގެ ހައްގު އެ ޕާޓީއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ކޯޓުގައި ކުރިއަށްދާނެއެވެ.
އެމްޑީޕީގެ ހަރުގޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހަރުގެ ހުރި ބިމުގެ ވެރިފަރާތުން ވަނީ އެތަން އެހެން މީހަކަށް މިހާރު ކުއްޔަށް ދީފައެވެ. ނަމަވެސް އޭނާ އެތަން ކުއްޔަށް ދިނީ ދަ ޑިމޮކްރެޓްސްއަށް ނޫންކަމަށްވެސް ބިމުގެ ވެރިފަރާތުން ބުންޏެވެ.
އޭނާ އެހެން ބުނިކަމުގައި ވިޔަސް، ހަރުގެ އަލުން ހުޅުވާފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރާ ދަ ޑިމޮކްޜެޓްސް ޕާޓީ އުފައްދަން އުޅޭ ފަރާތްތަކުންނެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ހަރުގެއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު