މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ވެރިންނަށް ނިސްބަތްކޮށް ހުތުރު ވަނަން ކިޔުމަށް ހިތްވަރު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. ރާއްޖޭގައި ދިގު ތިރީސް އަހަރު ވެރިކަން ކުރަށްވާފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެލުމުން އެކަން އެނގޭނެ ކަމަށް މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ދީނީ ތައުލީމް ހާސިލް ކުރަށްވާފައިވާ މައުމޫން ވިދާޅުވިއެވެެ.
ކީރިތި ގުރުއާނުގެ އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރަށްވާފައިވާ ބަސް ފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެރިންނަށް ކިޔާފައިވާ ހުތުރު ވަނަންތަކުގެ ލިސްޓެއް ވިދާޅުވެ ދެއްވައި އެއީ މައްސަލައެއް ނޫންކަމަށް ވަކާލާތު ކުރަށްވާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން ކިޔުމުން ހަމައިން ނައްޓައިގެން ދާ ވަރަށް ކަންބޮޑުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު