މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ އަދަދަށް އައި ބަދަލާއި ގުޅިގެން ކޮމިޓީތަކުގައި މެމްބަރުން ތަމްސީލުކުރާ ގޮތަށް ބަދަލު ގެންނަންކުރާ މަސައްކަތް ކުރިއަށްނުދާތީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެެރެއިން 12 މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އަދި އެ މެމްބަރުން މިހާރު މަޖިލީހުގައި ތިއްބަވަނީ އަމިއްލަ މެމްބަރުންގެ ގޮތުގައެވެ.
މަޖިލީހުގައި ޕާޓީތައް ތަމްސީލްުކުރާ އަދަދަށް ބަދަލު އައުމުން ކޮމެޓީތަކުގައި މެމްބަރުން ތަމްސީލްކުރައްވާ ގޮތްތަކާއި މަޖިލީހުގައި މެމްބަރުން ވާހަކަފުޅު ދައްކަވާ ވަގުތައްވެސް ބަދަލުތަކެއް އާދެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމަށްޓަކައި ސިޔާސީ ޕާޓީތަކާއި، މަޖިލީހުގެ މިނިވަން މެމްބަރުންނާއެކު މަޝްވަރާކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލައަށް ޙައްލެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މި މައްސަލަ ހައްލުނުވުމުން މަޖިލީހުގެ ކޮމެޓީތަކުގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ބިލްތަކާއި އެހެނިހެން މަސައްކަތްތައް ހުއްޓިފައިވާކަމަށެވެ. އަދި މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ ކުރިއަށް އޮތް ހަފްތާގައި ކޮމެޓީތަކުގެ މަސައްކަތް ފެށި، ކޮމެޓީތަކުގައި ހުރި މަސައްކަތްތައް ފެށޭނެ ގޮތް ވުންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރުން އެ ޕާޓީން ވަކިވެ، އައު ޕާޓީއެއް އުފެއްދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ މެމްބަރުން މަޖިލީހުގައި މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ މިނިވަން މެމްބަރުންގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު