އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު މައުސޫމް އެހެން ޕާޓީއަކާއި ގުޅިވަޑައިގަތުމަށްފަހު މަޤާމުން އިސްތިއުފާދެއްވުމަކީ ދެއްކެވި ފުރިހަމަ ނަމޫނާއެއްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި މައުސޫމް އިސްތިއުފާދެއްވީ އެމްޑީޕީން ވަކިވެ، ރައީސް ނަޝީދު އަލަށް އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތުމަށްފަހުއެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މައުސޫމަކީ އޭނާ ސިޔާސީ މަސައްކަތުގައި އަބަދުވެސް އިޚްތިރާމް ކުރެއްވި އަދި ދެން ވެސް އިހްތިރާމްކުރަށްވާނެ ފަރާތެއްކަމަށެވެ.

"މައުސޫމަކީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގަ އަބަދުވެސް އިޚްތިރާމް ކުރި އަދި ދެން ވެސް ކުރާނެ ފަރާތެއް. އެމް.ޑީ.ޕީ ސްލޮޓެއްގައި ލިބުނު ސިޔާސީ މަޤާމެއް އެމް.ޑީ.ޕީ ދޫކޮށްލުމުން އެ މަމަޤާމްގަ ހުންނަން ނުޖެހޭކަން ޤަބޫލުކޮށް މިސާލު ދެއްކުމަކީ ފުރިހަމަ ނިންމުމެއް." ނިޔާ ވިދާޅުވިއެވެ.

އެމް.ޑީ.ޕީ ސްލޮޓެއްގައި ލިބުނު ސިޔާސީ މަޤާމެއް އެމް.ޑީ.ޕީ ދޫކޮށްލުމުން އެ މަޤާމްގައި ހުންނަން ނުޖެހޭކަން ޤަބޫލުކޮށް، މިސާލު ދެއްކުމަކީ ފުރިހަމަ ނިންމުމެއްކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

މަޤާމުން އިސްތިއުފާ ދެއްވަމުން މައުސޫމް ވިދާޅުވީ އެހެން ޕާޓީއަކަށް ސޮއިކުރުމުން އެމްޑީޕީގެ މެންބަރަކަށް ވީތީ ލިބުނު މަގާމު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރަށްވާކަމަށެވެ.

އެމްޑީޕީގެ ސްލޮޓްތަކުގައި މަޤާމު ލިބުނު ބައެއް އެހެން ބޭފުޅުންވަނީ މަޤާމުތަކުން ވަކިކޮށްފައެވެ. އަދި ބައެއް ކުންފުނިތަކުގެ ބޯޑުގައި ތިއްބެވި މެމްބަރުން މަޤާމުތަކުން ވަކިކުރަންވެސް ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު