ބަޣާވާތްކުރާ މީހުން ފުރަތަމަވެސް ވަންނާނީ އެމްޑީޕީގެ ހަރުގެއަށްކަމަށް ވިދާޅުވެ، ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން އުޅޭ ފަރާތްތަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ފާޑު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން އުޅޭ ފަރާތްތަކުން މިއަދު އެމްޑީޕީގެ ހަރުގެ ހިސޯރުކޮށްފައިވާކަމަށް އެމްޑީޕީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މޫސަ ވިދާޅުވީ ބަޣާވާތްކުރާ ފަރާތްތަކުން އެންމެ ފުރަތަމަވެސް ގޮސް ވަންނާނީ އެމްޑީޕީގެ ހަރުގެއަށްކަމަށާއި އެއީ އާ ކަމެއް ނޫންކަމަށެވެ.
މޫސް ވިދާޅުވީ ޕާޓީގެ އޮފީސް ހިސޯރުކުރިނަމަވެސް ރައްޔިތުންގެ ހިތްތަކުން ޕާޓީ ނުފޮހެވޭނެކަމަށެވެ. އަދި 2023ގެ އިންތިހާބު އެމްޑީޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރުގޭގެ މައްސަަލަ ބޮޑުވެގެން އުޅެނީ އެ ހަރުގެ ކުއްޔަށް ދީފައިވާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެތަން ހުސްކުރަން އެންގުމުންނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހަރުގެ ހުރި ބިމުގެ ވެރިފަރާތުން ވަނީ އެތަން އެހެން މީހަކަށް މިހާރު ކުއްޔަށް ދީފައެވެ. ނަމަވެސް އޭނާ އެތަން ކުއްޔަށް ދިނީ ދަ ޑިމޮކްރެޓްސްއަށް ނޫންކަމަށްވެސް ބިމުގެ ވެރިފަރާތުން ބުންޏެވެ.
އޭނާ އެހެން ބުނިކަމުގައި ވިޔަސް، ހަރުގެ އަލުން ހުޅުވާފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރާ ދަ ޑިމޮކްޜެޓްސް ޕާޓީ އުފައްދަން އުޅޭ ފަރާތްތަކުންނެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ހަރުގެއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ބުނެފައެވެ.

ބަޣާވާތް ކުރާމީހުން އަބަދުވެސް ފުރަތަމަ ދުވެފަގޮސް ވަންނާނީ MDP ހަރުގެއަށް. އާކަމެއްނޫން ރައްޔަތުނގެ ހިތަކުން މި ޕާޓީ އެއްނުފޮހެވޭނެ ޕާޓީ އޮފީސް ހިސޯރުުުކުރިޔަސް 2023 MDP ކާމިޔާބުކުރާނީ ބޮޑުތަނުން އިރާދަކުރެއްވިއްޔާ
— Moosa Maniku (Reeko) (@ReekoMoosa) May 29, 2023
އެމްޑީޕީގެ ހަރުގޭގެ މައްސަަލަ ބޮޑުވެގެން އުޅެނީ އެ ހަރުގެ ކުއްޔަށް ދީފައިވާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެތަން ހުސްކުރަން އެންގުމުންނެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހަރުގެ ހުރި ބިމުގެ ވެރިފަރާތުން ވަނީ އެތަން އެހެން މީހަކަށް މިހާރު ކުއްޔަށް ދީފައެވެ. ނަމަވެސް އޭނާ އެތަން ކުއްޔަށް ދިނީ ދަ ޑިމޮކްރެޓްސްއަށް ނޫންކަމަށްވެސް ބިމުގެ ވެރިފަރާތުން ބުންޏެވެ.
އޭނާ އެހެން ބުނިކަމުގައި ވިޔަސް، ހަރުގެ އަލުން ހުޅުވާފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރާ ދަ ޑިމޮކްޜެޓްސް ޕާޓީ އުފައްދަން އުޅޭ ފަރާތްތަކުންނެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ހަރުގެއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު