ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމަކީ ސަރުކާރަށްވުރެ ކުރިން ރައްޔިތުންގެ ބޭސްފަރުވާއާއި ތައުލީމަށް އެހީތެރިވާން ފަށާފައިވާ ބޭފުޅެއްކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.
"ކާމިޔާބުގެ ސައްލާ، ހޭވައްލާ ފަށަމާ" މިނަމުގައި ޖުމްހޫރީ ޕާޓީން މިރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރެއްގެ މަޤާމުވެސް އަދާކުރެއްވި ލުބްނާ ވިދާޅުވީ އޭނާ 2004 ވަނަ އަހަރު ށ.އަތޮޅަށް ކުރެއްވި ދަތުރެއްގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
ލުބްނާ ވިދާޅުވީ އެ ގޭގެއަށް ކުރެއްވި ޒިޔާރަތުން އޭނާއަށް ފާހަގަވީ ގާސިމް އިބްރާޙިމްގެ އެހީތެރިކަން އޭރުވެސް ގިނަ ބަޔަކަށް ލިބެމުންދިޔަކަންކަމަށެވެ. އެގޮތުން އެ ރަށުގައި ގާސިމްގެ ފަރާތްޕުޅުން އެހީތެރިކަން ނުލިބޭ ގެއެއް މަދުކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
"އެ އަތޮޅުގެ ހުރިހާ ރަށެއްގެ 95 އިންސައްތަ ގެއަށް ގާސިމްގެ ފަރާތުން ވަނީ އެހީތެރިކަން ލިބިފައި. އެއީ އަޅުގަނޑަށް ދެވުނު އެންމެ އަތޮޅަކަށް ގާސިމްގެ ފަރާތުން ލިބިފައިވާ އެހީ. އެމަނިކުފާނުގެ ފަރާތުން ރާއްޖޭގެ ހުރިހާ ސަރަހައްދަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. އެމަނިކުފާނުގެ ރިޔާސީ ދައުރެއްގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެއްވެސް ރައްޔިތަކު ބިކަވެފައި ނުހުންނާނެ." ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އޮތީ އެންމެ ރަނގަޅަކަށް ނޫންކަމަށާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި އިޖްތިމާއީ އެހެން މައްސަަލަތައްވެސް ބޮޑުވެފައިވާކަމަށެވެ. އަދި އެކަންކަމުން މިއަދު ގައުމު ސަލާމަތްކުރެވޭނެ ގާބިލްކަން އެމްޑީޕީއާއި ޕީޕީއެމްގެ ކިބައިގައި ނެތްކަމަށާއި، އެކަން ކުރެއްވޭނީ ގާސިމް އިބްރާހީމަށްކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
ގިނަ ބަޔަކު ބައިވެރިވި މިޖަލްސާގައި ލުބްނާ ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ކަންކަމުގައި ސަރުކާރު ފެއިލްވެފައިވާކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު