ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތްކުރުމާއި ގުޅޭ އެއްބަސްވުމެއް އަނބަންކޯއިން އައިއޭސީއާއެކު ޤާއިމްކޮށްފިއެވެ.
އާބަންކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލްެވެ.
އައިއޭސީއަކީ ދުނިޔޭގެ އެކި ހިސާބުތަކާއި ހަނގުރާމަވެރި ސަރަހައްދުތަކާއި އަދި މީހުން ހާލުގައި ޖެހިފައިވާ އެހެން ސަރަހައްދުތަކަށްވެސް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ދޭ ދިވެހި ޖަމިއްޔާއެކެވެ. މީގެއިތުރުން ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ގެދޮރު ބިނާކޮށްދިނުމާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަންދެއެވެ.
އާބަންކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެ ތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށް ދޭން ޖެހެނީ އެ ޖަމިއްޔާއިންނެވެ.
އައިއޭސީން އައިޑެންޓިފައި ކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އާބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ވިލެޖް ނުވަތަ ނެއިބަހުޑް މާސްޓަޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާބަންކޯގެ ދަށުންނެވެ. މީގެ އިތުރަށް އާބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖުމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ހާލުގައި ޖެހިފައިވާ ގައުމުތަކާއި، ސަރަހައްދުތަކަށް އެހީތެރިވެދިނުމަށް އަރބަންކޯއިން,@IACMaldives އާ އެކު
— Urbanco (@hdcmaldives) May 29, 2023
އެމްއޯޔޫއެއްގައި ސޮއިކޮށްފި#އަރބަންކޯ#withurbanco#UrbancoMv pic.twitter.com/bG4pdx6qPE
އާބަންކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެ ތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށް ދޭން ޖެހެނީ އެ ޖަމިއްޔާއިންނެވެ.
އައިއޭސީން އައިޑެންޓިފައި ކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އާބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ވިލެޖް ނުވަތަ ނެއިބަހުޑް މާސްޓަޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާބަންކޯގެ ދަށުންނެވެ. މީގެ އިތުރަށް އާބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖުމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު