އަމީނީ މަގުގެ ބޮޑުބައެއްގައި ތާރު އަޅައި ނިންމާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.
މި މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެނެވެ.
އާރުޑީސީން މިހާތަނަށް ވަނީ 13 ސެގްމަންޓްގެ ތެރެއިން 7 ސެގްމަންޓެއްގައި ތާރު އެޅުމުގެ މަސައްކަތް މިއަދާއި ހަމައަށް ނިންމާލާފައެވެ.
އެންމެފަހުން އެ ކުންފުނިން ތާރު އެޅުމުގެ މަސައްކަތް ނިންމާލީ ސެގްމެންޓް 4، 5، 6 އަދި 7ގައެވެ. އަދި ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުން އާންމުންނަށް މަގު ހުޅުވާލާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހެންވޭރުކޮޅުން ފެށި މަސައްކަތުގެ ތެރެއިން މީގެކުރިން އާރުޑީސީން ވަނީ ސްޓެލްކޯއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތްވެސް ނިންމާލާފައެވެ.
ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް ނެތުމުގެ ސަބަބުން އަމީނީ މަގުގެ ކުރިން ނިމުނު 3 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ. ނަމަވެސް އާރުޑީސީން މިހާރު އެމަސައްކަތްކުރަމުންދަނީ އެކުންފުނީގެ އަމިއްލަ މެޝިނަރީޒްގައެވެ.
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު ވިދާޅުވީ އަމިއްލަ މެޝިނަރީއާއި ސާމާނާއި މުވައްޒަފުންނާއެކު މަގުހެދުމުގެ މަޝްރޫޢުތަކުގައި ކުރަންޖެހޭ ހުރިހާކަމެއް އަމިއްލައަށް ކުރެވޭނެ ޤާބިލުކަން މިހާރު އާރް.ޑީ.ސީގައި އެބަހުރިކަމަށެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.

އަމީނީމަގު ސެގްމެންޓް 4، 5، 6 އަދި 7 ގައި ތާރު އެޅުމުގެ މަސައްކަތްވަނީ ނިމިފައި. އަދި އާންމުންނަށް މަގު ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުން. #TeamRDC #ZamaaneeAmeenee pic.twitter.com/AGKXD6zmqN
— Road Development Corporation Ltd (@rdcmaldives) May 29, 2023
އެންމެފަހުން އެ ކުންފުނިން ތާރު އެޅުމުގެ މަސައްކަތް ނިންމާލީ ސެގްމެންޓް 4، 5، 6 އަދި 7ގައެވެ. އަދި ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުން އާންމުންނަށް މަގު ހުޅުވާލާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ހެންވޭރުކޮޅުން ފެށި މަސައްކަތުގެ ތެރެއިން މީގެކުރިން އާރުޑީސީން ވަނީ ސްޓެލްކޯއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތްވެސް ނިންމާލާފައެވެ.
ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް ނެތުމުގެ ސަބަބުން އަމީނީ މަގުގެ ކުރިން ނިމުނު 3 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ. ނަމަވެސް އާރުޑީސީން މިހާރު އެމަސައްކަތްކުރަމުންދަނީ އެކުންފުނީގެ އަމިއްލަ މެޝިނަރީޒްގައެވެ.
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު ވިދާޅުވީ އަމިއްލަ މެޝިނަރީއާއި ސާމާނާއި މުވައްޒަފުންނާއެކު މަގުހެދުމުގެ މަޝްރޫޢުތަކުގައި ކުރަންޖެހޭ ހުރިހާކަމެއް އަމިއްލައަށް ކުރެވޭނެ ޤާބިލުކަން މިހާރު އާރް.ޑީ.ސީގައި އެބަހުރިކަމަށެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.
ކިޔުންތެރިންގެ ހިޔާލު