ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީއިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެތެރޭގެ އުދުހުންތަކުގައި ފުރަން އަންނަ ދަތުރުވެރިން ޗެކްއިންވުމަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ.
އެމްއޭސީއެލުން ބުނީ އެތެރޭގެ އުދުހުންތަކުގައިވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގ ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ)އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުންވެސް ބަލައިގަންނާނެއެވެ.
އެގޮތުން، އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ބަލައިގަންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ އިތުރުން ބަަލައިގަންނަ ތަކެތީގެ ތެރޭގައި ހިމެނެނީ، ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތު ހަމަނުވާ ލިޔެކިޔުންތަކެވެ.
•ޕާސްޕޯޓް
•ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
•ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
•ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
•އެއަރޕޯޓް ސެކިއުރިޓީ ފާސް
•ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުން
އެމްއޭސީއެލުން ބުނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު