ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުކުރުމަށް ފިންޓެކް ނުވަތަ ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރުވަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފެށި 10 ވަނަ ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި މިނިިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެފަދަ ޤައުމަކަށް ފިންޓެކް ދާއިރާ ކުރިއަރުވައިގެން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޝައުނާ ވިދާޅުވީ ރާއްޖެފަދަ ވަކިވަކި ރަށްތަކެއް މައްޗަށް ބެހިފައި އޮތް ޤައުމެއްގައި ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާގެ ސަބަބުން މާލީ މުއާމަލާތްތައް ހިންގުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން ހަދަންޖެހޭ ޤާނޫނުތައް ހަދައި، ދާއިރާގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިންގެ ތެރޭގައި ޑިޖިޓަލް އަދި އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގާ ނިސްބަތްވެސް އާބާދީއާ ބަލާފައި އޮތީ ވަރަށް ރަނގަޅު ހިސާބެއްގައިކަމަށެވެ. އެގޮތުން ރާއްޖޭގެ ބޮޑު އާބާދީއެއް އިންޓަނެޓް ބެންކިންގއާއި މޮބައިލް ބެންކިންގ ބޭނުންކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް ފައިނޭންސް ފޯރަމް" އަކީ ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ބައްވަވަމުން އަންނަ ޚާއްޞަ ފޯރަމްއެކެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެއެވެ.

The Maldives Finance Forum 2023 begins with over 160 participants at Kurumba Maldives.#FinanceForumMV pic.twitter.com/AKPQJ1urp5
— Pension Office (@PensionOffice) May 29, 2023
މިނިސްޓަރ ވިދާޅުވީ ދިވެހިންގެ ތެރޭގައި ޑިޖިޓަލް އަދި އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގާ ނިސްބަތްވެސް އާބާދީއާ ބަލާފައި އޮތީ ވަރަށް ރަނގަޅު ހިސާބެއްގައިކަމަށެވެ. އެގޮތުން ރާއްޖޭގެ ބޮޑު އާބާދީއެއް އިންޓަނެޓް ބެންކިންގއާއި މޮބައިލް ބެންކިންގ ބޭނުންކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް ފައިނޭންސް ފޯރަމް" އަކީ ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ބައްވަވަމުން އަންނަ ޚާއްޞަ ފޯރަމްއެކެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެއެވެ.
ކިޔުންތެރިންގެ ހިޔާލު