ފަށާފައި މިވާ ދަތުރު، އިތުރު ފަސް އަހަރަކަށް އަނެއްކާވެސް ގެންދެވޭނެކަމުގެ ޔަޤީންކަން ﷲގެ ރަޙްމަތާއެކު މިހާރު ރާއްޖޭގެ އެކި ރަށްރަށުން ފެނިވަޑައިގަންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމުގައިވާ ފީއަލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފަށާފައި މިވާ ދަތުރު، އިތުރު ފަސް އަހަރަކަށް އަނެއްކާވެސް ގެންދެވޭނެކަމުގެ ޔަޤީންކަން ﷲގެ ރަޙްމަތާއެކު އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުން އެބަދާ" ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ މި މަސައްކަތުގައި އެ ދާއިރާ ބާކީނުވުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނާ އެކީގައި ކުރިއަށް ގޮސް، ފަށާފައި ހުރި މަސައްކަތްތަކާއި، ރައްޔިތުން ބޭނުންވާ، އަދި ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީގައި އެއްބައެއްގެ ގޮތުގައި ނުކުމެ މި މަސައްކަތް ނިންމާލެއްވުން ކަމަށެވެ.
ރައީސް ވިދާޅުވީ އަރާ ކޮންމެ ރަށެއްގައި، ކޮންމެވެސް މަޝްރޫޢެއް ނިމި ހުޅުވަން އެބަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް މިއޮތް ތަނުގައިވެސް އެކަން އޮތީ އެގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ފެނަކައިގެ ވެސް 68 އާ އޮފީސް ނިންމައިފި ކަމަށާއި، 48 އިންޖީނުގެ ހުޅުވައިފި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް އޮތީ އޭގެ ރިބަން ކަނޑަން ސަޢީދު އިންވައިޓް ކޮށްފައި. އޭގެއިތުރުން، ކުރިއަށް މިއޮތް ދެތިން މަސްދުވަހުގެ ތެރޭގައި، ވޯޓުލުމުގެ ކުރިން އިތުރު 28 އިންޖީނުގެ، 28 ރަށެއްގައި ހުޅުވި ޚިދުމަތް ދޭން ފަށާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ އިތުރުންވެސް، އެޑިޔުކޭޝަން މިނިސްޓްރީން ހިންގާ އެތައް ޕްރޮޖެކްޓެއް، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. ފެންނަން އޮތް ތަނުގައި، ޖުލައި މަހުން ފެށިގެން ގިނަ ރަށްތަކެއްގައި އެޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް މިއޮތް ތަނުގައި މި ހުރިހާ ކަމަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާނެކަން ޔަގީންކުރައްވާ ކަމަށެވެ. އަދި ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު ކަމަށާއި، އެ ވާހަކަ ދައްކަން އަދި އިރާދަކުރެއްވިއްޔާ ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވަޑައިގަންނަވާނީ ރައްޔިތުން މިއަދު ބައްދަލުކޮށް ދައްކާ ވާހަކަތަކުގެ އަލީގައި، ރަށަށް އިތުރަށް ކޮށްދޭންހުރި ކަންތައްތަކުގެ ޔަޤީންކަމާ އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު