ރައްޔިތުންގެ މަޖިލީހުން ޖިނާއީ ތަހުގީގު ހިންގައި ސަރުކާރުގެ ވުޒާރާތައް ހިންގުމަށް އަމުރުކުރާ ހިސާބަށް ދިއުމަކީ ހައްދު ފަހަނަ އެޅުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ސިފަކުރައްވައިފިއެވެ.

މި ސަރުކާރު ގެނައުމުގައި މަސައްކަތް ކުރެއްވި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްކަމަށްވާއިރު ކޮންމެ ބާރަކަށް ވެސް އަމަލުކުރާނެ މިންތަކާއި އިންތަކެއް ކަނޑައެޅިފައިވާކަމަށެވެ.

ނަމަވެސް ބާރުތައް ކަނޑައެޅިފައި ވަނިކޮން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަ ބަލައި އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމަކީ ސިޔާސީ ގޮތުން ހައްދު ފަހަނަ އެޅުންކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.



އަދި އެކަން ހުއްޓުވަން ޖެހޭކަމަށްވެސް ޝައިހް ވިދާޅުވިއެވެ. އެހެން ބާރުތަކަށް މަޖިލީހުގެ ތެރެއިން ނުފޫޒު ފޯރުވާކަމަށް ޝައިޚް އިލްޔާސް ވިދާޅުވެފައިވާއިރު މަޖިލީހުން ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ބުނެ ގާނޫނުތައް ހަދައި އިސްލާމް ދީނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގެންދާތީ ޝައިޚް އިލިޔާސް ވަނީ ރައްދު ދެއްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންދަނީ، ހައްގުތައް ކަށަވަރު ނުވާކަމަށް ވާހަކަ ދައްކައި، އެ ހައްގުތައް ހޯދައި ދިނުމަށްކަމަށް ބުނެ، އަމިއްލައަށް ގާނޫނު ހަދަމުން އަންނަ މަންޒަރު ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު