ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ނުބަލާކަމުގެ ޝަކުވާ ލިބިއްޖެނަމަ އެކަންކަން ބެލުމަށް އަމުރު ކުރައްވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެކިއެކި ފަރާތްތަކުން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ މައްސަލަތައް ނުބަލާކަމުގެ ޝަކުވާގެ އަޑުތައް ގަދަ ކަމަށެވެ. ދައުލަތުގެ މުއައްސަސާއަކަށް ހުށަހަޅާ ޖިނާއީ މައްސަލައެއް ނުބަލައިފި ނަމަ، އެ މައްސަލަ ބަލަން އަމުރުކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިގެންވާ ކަން ޕީޖީ ވަނީ ފާހަގަކުރަައްވާފައެވެ.

"މައްސަލައެއް ހުށަހަޅައިގެން ނުބެލިގެން އެކަމުގެ ޝަކުވާއެއް އޮތިއްޔާ ޕީޖީ އޮފީހުން އެ މައްސަލަ ބެލޭނެ ނިޒާމުތައް މިހާރުވެސް އޮތީ ހަމަޖެހިފައި. އެއީ ގާނޫނުން ހުއްދަ ނިޒާމެއް. ގާނޫނު ދަންނަ ނިޒާމެއް." ޕީޖީ ވިދާޅުވިއެވެ.

މުއައްސަސާއަކަށް މީހަކު ހުށަހަޅާ މައްސަލައެއް އެ އިދާރާއަކުން ހައްލު ކުރަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މައްސަލައެއް ނުބަލައިގެން އެކަމުގެ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޕީޖީ އޮފީހަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން