ބާކައުންސިލުގެ ރައީސް އުސްތާޒު މައުމޫން ހަމީދު
ބާކައުންސިލުގެ ރައީސް އުސްތާޒު މައުމޫން ހަމީދު
ރައްޔިތުންގެ މަޖިލީހަށް، ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ތެރެއިން މަޖިލިސް ހިންގުމަށް ބާ ކައުންސިލުން ގޮވާލައިފިއެވެ.

ބާ ކައުންސިލުން މިކަމަށް ގޮވާލައިފައިވަނީ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަނިޔާ ލިބުނު މީހާ އާއި ސީނަށް ދިޔަ ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހާޒިރު ކުރުމަށް އެ ކޮމެޓީން ފާސް ކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނާއި ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

މައްސަލައިގައި ބާ ކައުންސިލުން ކުރި ޓްވީޓެއްގައިި ވަނީ މަޖިލީހުން ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލެން ޖެހޭނީ ހިނގަމުންދާ ތަހުގީގަކަށް އަސަރު ނުކުރާނެ ގޮތެއްގެ މަތިން ކަމަށެވެ.

ބާ ކައުންސިލުން ކުރި ޓުވީޓްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ ދަށުން ތިން ބާރު ވަކިވެފައިވާ އުސޫލުން ރައްޔިތުންގެ މަޖިލީހަށް ވެސް ލިބެނީ ވަކި ބާރުތަކެއް ކަމަށެވެ. ޖިނާއީ ކުށްތައް ތަހުގީގު ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށާއި ފުލުހުން ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށް ކަން ކަށަވަރު ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަން ބާ ކައުންސިލުން މަޖިލީހަށް ހަނދާންކޮށްދީފައި ވެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނުއަސާސީގެ ދަށުން މަޖިލީހަށް ތަހުގީގު ހިންގަން ލިބިދޭ ބާރުތައް ބޭނުން ކުރުމަށް ބާ ކައުންސިލުން ގޮވާލާފައި ވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮޮށްލީ ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފުލުހުން ބުނެފައިވަނީ އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. އެ މައްސަލަ އިންސާފުވެރިކޮށް ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ފަހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ަޖަރާ

04-Jul-2020

މިހާރުތިންބާރުއޮތީނަސީދުކިޔާމީހެއްގެމުށުތެރޭގާބޭނުންގޮތެއްހަދާނީ


19

ދދދ

03-Jul-2020

ތިޖެހުނީ ބާ ކައުންސިލް އާ ކޮށްލަން.



ޓްރެންޑިން