ހުޅުމާލޭ ކައިރީގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރާއްޖޭގެ ސަރަހައްދުން ބޭރަށް ނުކުމެ، ބޭރުގެ މީޑިއާއަކުން އަންހެން މީހާއަށް އިންސާފު ހޯދައި ދިނުމަށް އެދި ގޮވާލައިފިއެވެ.

ރުވަންޑާގެ "ދަ އެކްސްޕްރެސް ނިއުސް" އިން މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާގެ ފޮޓޯއާއެކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ "ކެންޔާގެ އަންހެނެއް ކަމަށްވާ ޕައުލިން ޕަލްރަޖް ނަމަކަށް ކިޔާ އަންހެނަކު، ރާއްޖޭގެ ސިޔާސީ ގޮތުން ބާރުގަދަ ބަޔަކު ރޭޕްކޮށްފައިވާ ކަމަށާއި ރައްޔިތުން އޭނާއަށް އިންސާފު ހޯދައި ދިނުމަށް އެދި ގޮވަމުންދާ ކަމަށެވެ.

ކުރީގެ ރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންއާއި ރާއްޖޭގެ ފުލުންނާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ޔޫއެންއެޗްއާރްސީސީ ފަދަ ފަރާތްތައް ޓެގްކޮށް ދަ އެކްސްޕްރެސް ނިއުސްއިން ކޮށްފައިވާ މި ޓްވީޓްގައި އެހެން އިތުރު ވާހަކައެއް ލިއެފައެއް ނުވެއެވެ.



މިމައްސަލައިގައި ދިވެހި ދެ މީހަކު ހައްޔަރު ކުރިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެމީހުން ހައްޔަރުގައި ބެއިތިއްބޭ ވަރުގެ ހެކި ނެތް ކަމަށް ބުނެ ދޫކޮށްލާފައިވާ ކަމަށް ފަހުން ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކުންނާއި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން ބެލުމަށް ވަނީ ނިންމާފައެވެ. މިމައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ރާއްޖޭގެ ގިނަ ބަޔަކު ވެސް ގޮވާލަމުންދާކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު