އިސްލާމްދީނާއި ޚިލާފު ކަންކަން ހުއްޓުވުމަށް މުޅި ގައުމު އެކުގައި ތެދުވަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް، ޝައިހް އިލްޔާސްހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ކުރެއްވި ޓުވީޓެއްގައި، މުސްލިމް މުޖުތަމައެއްގައި ހިންގާ ދީނާ ޚިލާފު ކަންކަން ހުއްޓާލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ބަޔަކަށް ހަރުކަށި ފިކުރުގެ ލަގަބު ދިނުމަކީ ރައްޔިތުންނަށް އޮޅުވާލައި ދީނުގެ އަދުއްވުން ރުއްސަން ކުރާ ކަމެއް ނޫންތޯ ވިދާޅުވެ ޝައިޚް އިލްޔާސް ވަނީ ސުވާލުކުރައްވާފައެވެ.

"ދިންނަވާ ނަސީބު ލިބިގަތުމަށްޓަކައި ދީނާއި ޚިލާފު ކަންކަން ހުއްޓުވުމަށް މުޅި ގައުމު ތެދުވަންޖެހޭ." މިސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓްގައި އާލްއިމްރާން ސޫރަތުގެ އާޔަތެއް ހިމަނުއްވާފައިވެއެވެ. އެއާޔަތުގައި ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެއު ކަންތަކަށް އަމުރުކުރާ އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ.! އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."



އިންސާނުންނަށް އިންސާނުންގެ ލަގަބު ދެއްވައި އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވީ ޚާލިގުވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި ހިއުމަންރައިޓްސް އިންތޯ، ނުވަތަ ޖަމިއްޔާ އިންތޯ ވިދާޅުވެ ޝައިޚް ވަނީ ސުވާލު ކުރައްވާފައެވެ.

"ސޫރަތުލް ނިސާ 1،2،3،4 އާޔަތް ބައްލަވާ. ވީމާ މިބައިމީހުންނާއި މެދު ސަމާލުވެލައްވާ." އިލްޔާސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު