ހަށިވިއްކުމުގެ މައްސަލަ ބޮޑުވާތީ ލަންކާގައި މަސާޖްކުރާ ސްޕާތަކަށް އޮންނަ ގަވާއިދުތައް ހަރުކަަށިކުރަން މަސައްކަތް ކުރަމުންދާކަމަށް ހަބަރުތައް ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުން ލަންކާގައި ހަށިވިއްކުމުގެ ވިޔަފާރި ބޮޑުވެ، ޖިންސީ ގުޅުން ހިންގުމުން ދިމާވާ ބަލިތައް ދަނީ އިތުރުވަމުންނެވެ. އަދި މިކަންކަން އެންމެ ބޮޑީ މަސާޖުކުރާ ތަންތަނުގައިކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިކަންކަމަށް ހައްލެއް ގެނައުމަށް އެ ގައުމުގެ ގާނޫނުތަކަށް ވަރަށް އަވަހަށް އިސްލާހުތަކެއް ގެންނާނެއެވެ. އަދި އެކަންކަމާއި ގުޅޭގޮތުން ކެބިނެޓްގައި މަޝްވަރާކުރަމުން ދާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ލަންކާގައި ގެންނަން އުޅޭ ބަދަލުތަކުގެ ތެރޭގައި ޖިންސު މަސްހުނިކޮށްގެން މަސާޖުކުރުން ހުއްޓާލުން ހިމެނެއެވެ. އެގޮތުން ގަވާއިދާއި ގާނޫނަށް ގެންނަ ބަދަލުތަކާއެކު އަންހެނުންނަށް ފިރިހެނުންގެ މަސާޖު ނުކުރެވޭ ގޮތް، އަދި ފިރިހެނުންނަށް އަންހެނުންނަށް މަސާޖު ނުކުރެވޭ ގޮތް ހަދަން ވަނީ ނިންމާފައެވެ. މިއީ ހަށިވިއްކުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކެއްކަމަށް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން މި ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގަައި މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން