އިނގިރޭސިވިލާތާއި، ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. މިދިޔަ އޮކްޓޯބަރު 29 ވަނަ ދުވަހު އިނގިރޭސިވިލާތަށް ފެއްޓެވި ޝާހިދުގެ، މި ދަތުރުފުޅު މިއަދު ވަނީ ނިންމާލައްވާފައެވެ. ހަދުވަހުގެ މި ދަތުރުފުޅުގައި އެގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ޝާހިދު ބައްދަލު ކުރަށްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.



މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ، އިނގިރޭސިވިލާތުގެ އާ ލީޑަރޝިޕާއެކު މަސައްކަތްކޮށް، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި މިހާރު އޮތް ބައިލެޓަރަލް ޕޯޓްފޯލިއޯ މުރާޖައާކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑު ޔަގީންކަންދެން މި ދަތުރުގެ ސަބަބުން، އަޅުގަނޑުމެންގެ މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެކަން،" ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރގެ އަބުދު ﷲ ޝާހިދުގެ މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިިރިއުޅޭ ދިވެހިންނާއި އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ. އަދި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ޝާހިދު ވަނީ ބައްދަލު ކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން