ފޯޅަވަހީގެ މައްސަލާގައި ވާހަކަ ދައްކަނީ އިނގިރޭސީންނަށް ފޯޅަވަހި ވިއްކާލައިގެން ބޮޑު މަންފާއެއް ނަގައިގެންތިބި ބައެއްކަމަަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މިހާރު ފެންމަތިވެގެން އުޅޭ ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ރައްދުދެއްވަމުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މިއަދު ވިދާޅުވީ، އިނގިރޭސީންނަށް ފޯޅަވަހި ވިއްކާލައިގެން ބޮޑު މަންފާއެއް ނަގައިގެން ތިބި ބަޔަކު އެ ފައިސާ ހަރަދުކޮށްގެން އެކަން ދިފާއުކޮށް އިނގިރޭސީން އަތުގައި ފޯޅަވަހި ބާއްވަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަމަށެވެ.



އަދި އެގޮތަށް ލިބޭ ފައިސާގެ މިންވަރުން، ގައުމާއި ރައްޔިތުން ނުރައްކަލަށް ވައްޓާލަން ވެސް އެ ފަރާތްތަކަށް ވަރިހަމަވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު މިފަދައިން ވިދާޅުވިއިރު އޭނާ ފާހަގަ ކުރެވިފައިވަނީ މިފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް ސަރުކާރު ދިފާއު ކުރައްވާ އިދިކޮޅަށް ވަރަށް ހޫނު ރައްދު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކާއި ކުރީގެ ބަންޑާރަނައިބުކަން ކޮށްފައިވާ ފަރާތްތަކުންވެސް ދަނީ ފޯޅަވަހީގެ މައްސަލާގައި ސަރުކާރަށް ފާޑުކިޔައި، ވަރަށް ބޮޑަށް އެކަން ކުށްވެރިކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު