މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދިއުމަށް ތަރައްޤީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑް ވެގެންދާނީ ރައްޔިތުންނަށް ބޮޑު ސަޕްރައިޒަކަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑް ވެގެންދާނީ މާލޭގެ ރައްޔިތުންނާއި މި ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ބޮޑު "ސަޕްރައިޒެއް" ލިބިގެންދާނެ ތަނަކަށް ކަމަށެވެ. ސަމީރު ވިދާޅުވީ އެ ޕިކްނިކް އައިލެންޑްގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ކުޑަގިރި ސަރުކާރުން ތަރައްގީކުރަނީ ކުޑަބަނޑޮސް ނުވަތަ ފޭދޫ ފިނޮޅު އޮތް ހާލަތުގައި ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.

"ހަމަ ރައްޔިތުންނަކީ މުހިންމު ބައެއް ކަމަށް ދަނެގެން ދައުލަތުގެ ބަޖެޓުން އެކުރަންވާ ކަންތައްތައް ސަރުކާރުގެ ފަރާތުން އެ ކޮށްދެނީ ރައީސުލްޖުމުހޫރިއްޔާ ގަބޫލުފުޅު ކުރަށްވަނީ ރަނގަޅު ކޮލެޓީގެ މަސައްކަތްތައް ކުރަން،" ސަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗެއްގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ. އެ ޕިކްނިކް އައިލެންޑް ސަރުކާރުން ތަރައްގީ ކުރަނީ ގިނަ ޚިދުމަތްތަކާއި ޒަމާނީ ފެސިލިޓީތަކާއެކު އެވެ.


ކިޔުންތެރިންގެ ހިޔާލު


8

ދިއްދޫ

06-Nov-2022

އަލަގިރި ވެސްވެގެންދިޔައީ ރައްޔިތުންނަށް ބޮޑު ސަޕްރައިޒަކަށް, ސޯ, ވެދާނެ ކަމެއް ތީ


1

ތަކަތުވާ

06-Nov-2022

މިސަރުކާރުން ނަޞްރުގެ ދުވަސް ފާހަގަ ނުކުރުމަކީވެސް ތިޔައަށްވުރެ މާބޮޑު ސަރޕް ރައިޒެއް ރައްޔިތުންނަށް. ބޯންތަށި


-2

ިމިއަދު

06-Nov-2022

ކޮބާ ރާއްޖޭގެ މިސްކިތްތައް އޭސީ ކުރާވަޢުދު



ޓްރެންޑިން