މޫސުމީ މައްސަލަތަކާއި ބެހޭގޮތުން ބޮޑެތި ނިންމުންތައް ނިންމުމަށް ބާއްވާ ކޮޕް ސަމިޓުގެ މިއަހަރުގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ ސްރީލަންކާގެ ވަފްދުގެ މެމްބަރެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ފުރާވަޑައިގެންފައެވެ.



މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 4 އިން 6 އަށް ކުރިއަށްދާ ކޮޕް ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާގެ ވަފްދުގެ މެމްބަރެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް ލަންކާ ވަފްދުގެ މެމްބަރެއްގެ ގޮތުގައި ރައީސް ނަޝީދު މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ.

ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދަށް ރާއްޖޭގެ ވަފްދުން ދައުވަތެއްވެސް ޖާގައެއްވެސް ނުދެއެއެވެ. ސަރުކާރުންވެސް މިހާތަނަށް މިކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން