1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވާ ހިންގިކަން ސާބިތުވެފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރުމަށް، ފާހަގަކުރާ ނަސްރުގެ ދުވަސް އިއްޔެ ފާހަގަކޮށްފައިވަނިކޮށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ 3 ނޮވެމްބަރުގެ ހަމަލާއާއި ގުޅުވައިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭކަމަށެވެ.

"އޭނާއަށް (ސިއްކަ އަހުމަދު އިސްމާއިލަށް) އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް." ނަޝީދު ވިދާޅުވިއެވެ.



3 ނޮވެމްބަރު މައްސަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް އޭގެ ފަހުން ލަންޑަނަށް ގޮސްވެސް ބޭސް ފަރުވާކުރިއެވެ. އަދި އޭގެފަހުން ރާއްޖެ އައުމުން ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ.

3 ނޮވެމްބަރުގެ މުނާސަބާ ފާހަގަ ކުރުމަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ޝުޢޫރު ފާޅުކުރިއިރު ސިއްކަ އަހުމަދު އިސްމާއިލް އެ ހަމަލާގައި ބައިވެރިވި ކަމަށް ބުނެ ވާހަކަ ދައްކާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު