ސްޓެލްކޯއިން ގާއިމްކުރާ ޗާއިލްޑް ކެއަރ ސެންޓަރުގެ މަސައްކަތްތައް ނާއިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޑޭ ކެއަރގެ ސެންޓަރުތައް ހެދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަސައްކަތެކެވެ. މިގޮތުން ސަރުކާރު ބައެެއް ކުންފުނިތަކާއި އޮފީސްތަކުގައި އަންނަނި މިފަދަ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން ސްޓެލްކޯއިންވެސް ދަނީ ކުދިން ބަލަހައްޓާނެ ޑޭކެއަރ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ ސެންޓަރު ގާއިމްކުރުމުގެ މަސައްަކަތް ނިންމާލުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ.

ސްޓެލްކޯއިން އެ މަސައްކަތް ކުރިއަށްގެންދާއިރު ނާއިބު ރައީސް ފައިސަލް ވަނީ ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށްކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އޮފީސްތަކުގައި ކުދިން ބަލަހައްޓާނެ ޑޭކެއަރ ސެންޓަރުތައް ގާއިމްކުރަން ފެށީ ރައީސް ސާލިހުގެ ސަރުކާރުންނެވެ.

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ވިދާޅުވީ، އަތްފޯރާ ފަށުގައި ޑޭ ކެއަރގެ ޚިދުމަތް ދިނުމަށް ތަނެއް ވުޖޫދުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީއިން މަސައްކަތް ކުރީ އޭޑީބީގެ ހިލޭ އެހީގައި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ހަދާ ޚިދުމަތް ދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓް ރާވާ، އެކަމަށް ބޭނުންވާ ބިން ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބު ނުވާކަމަށެވެ.

މާލެއިން އެކަމަށް ބިން ނުލިބުމުން ދެން މަސައްކަތް ފެށީ، ސަރުކާރާއި ސަރުކާރު ޙިސާވާ ކުންފުނިތަކުގެ އޮފީސްތަކުގައި މިފަދަ ސެންޓަރުތައް ހެދުމަށްކަަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މި އަހަރު ނިމުމުގެ ކުރިން މިފަދަ ސެންޓަރެއް ސްޓެލްކޯއާ އެމްޕީއެލްގައި ޤާއިމުކުރާނެކަމަށް އެ ކުންފުނިތަކުން މަޢުލޫމާތު ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯއާއި އެމްޕީއެލްގެ އިތުރުން އެޗްޑީސީން އަންނަނީ ހުޅުމާލޭގައި 3000 އަކަފޫޓުގެ 6 ފަންގިފިލާގެ، ޑޭކެއަރ ސެންޓަރެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މި ޑޭކެއަރ ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ސަރުކާރުން މިހާރު ވަނީ ޑޭ ކެއަރ ހެދުމުގެ އުސޫލުވެސް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

-2

ރަށުކަލޭގެ

06-Nov-2022

ތިއީ ރަނގަޅުކަމެއް. ކުންފުނިތަކުން އަޅަންވީ ތިކަހަލަތަންތަން، އޯލްޑް.އޭޖް ކެއަރސެންޓަރެއްވެސް ހަދަންވީ. އެކަމަކު މުވައްޒފުންނަށް ފްލެޓް އަޅާކަށް ނުޖެހޭ ސަރުކާރު ކުންފުނިތަކުންނެއް. ފްލެޓް އެޅިމަ ވާގޮތަކީ ސޯސަލް ސްކީމިންވެސް ފްލެޓް، ކުންފުނިންވެސް ފްލެޓް.

3

0

ޓްރެންޑިން