ސަރުކާރުން ޓެކުހަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ތަންފީޒުކުރަން ފެށުމުން އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ކުރާނެކަމަށް ރައީސުލްޖުމްހުރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި ރައްޔިތުންގެ ތަރައްގީއަށް ވަރަށްގިނަ ކަންކަން ވަނީ ހިމަނާފައިކަމަށެވެ. އަދި މި ބަޖެޓަކީ މިހާރު ފަށާފައިވާ ޕްރޮޖެކްޓްތައް ނިންމާ، ކުރިއަށް ރޭވިފައި ހުރި ޕްރޮޖެކްޓްތައް ފެށުމަށް މަގުފަހިވާނެ ބަޖެޓެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޓެކްސްގެ އާމްދަނީއަކީ ވަރަށް މުހިއްމު ބައެއްކަމަށެވެ.

"ޓެކްސް ބޮޑުކުރެވެނީ ރައްޔިތުންނަށްޓަކައި ސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތައް ހިންގުމަށް. ޓެކްސް ފައިސާ ނަގާފައި ހިދުމަތްތަކެއް ނުދެނީއެއް ނޫން. ބަޖެޓްގައި އަންނަ އަހަރު ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް މިވަނީ ރޭވިފައި." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޓެކްސް ބޮޑުކުރެވިގެންދާއިރު ރައްޔިތުންނަށް ސީދާގޮތުން އޭގެ ފައިދާކުރާނެކަމަށެވެ. އަދި މުސާރަ ބޮޑުކުރަންޖެހޭ ފަރާތްތަކަށް މުސާރަ ބޮޑުވެގެންދާނެކަމަށާއި މެދުނުކެނޑި ހިލޭ ޑިގްރީ ޕްރޮގްރާމްވެސް ހިންގޭނެކަމަށެވެ.

"އިޖްތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ލޮޅުމެއް ނައިސް ކުރިއަށްދާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އަދަދުތަކަކީ ނިސްބަތުން ކުޑަ އަދަދުތަކެއްކަމަށާއި އަދި އަތުން އިތުރު ހަރަދު ވާނީވެސް ނިސްބަތުން ކުޑަ އަދަދެއްކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމުގެ ވާހަކައަކީ އެއްވެސް އިރަކު ދައްކަން ފަސޭހަ ވާހަކައެއް ނޫންކަމަށާއި އެމްޑީޕީ ސަރުކާރުން ޓެކްސްގެ ނިޒާމް ތައާރަފްކުރަން އުޅުމާއެކު މިފަދަ ވާހަކަތައް ދެކެވުނުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބުލުއްލޯބެ

12-Nov-2022

އެފެންވަރައްވާހަކަނުދެއްކޭތީތޯ އަޅާގަނެގެންތިއައުޅުއްވަނީ ޖީބެއްނޫން އެސޮރުއަގަބޮޱީ ވަރައްސަލާމް


1

ރާޝް

04-Nov-2022

ތެދެއް މިއުމާނުމެންގެ ޖީބު ބޮޑުވެ ރައްޔިތުމީހާ ސަލާން ޖަހަން



ޓްރެންޑިން