އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއެކު 2023 ވަނަ އަހަރު ރައްޔިތުންނަށް ހެއުމަގެެއް ދައްކައިދެވޭނީ ރަައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓުން މަންފާ ކުރާނީ އެންމެ އާދައިގެ ރައްޔިތު މީހާއަށް ކަމަށެވެ.

ސަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ސާފުތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ހޯދަައިދިނުމަށް ކަމަށެވެ. އަދި ސާފުތާހިރު ވެރިކަމެއް ކުރާ ވެރިއެއްގެ ދަށުން ރައްޔިތުން އެދޭ ކަންތައްތައް ހާސިލްކޮށްދިނުމަކީ އަމާޒުކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ބަޖެޓާއެކު 2023 ވަނަ އަހަރު ރައްޔިތުންނަށް ހެއު މަގެއް ދައްކައިދެވޭނީ ރައީސް ސާލިޙަށް ކަމަށާއި، ބަޖެޓްގެ ދެވަނަ ޕްލޭން ވެސް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ. އެވާހަކަތައް ރައްޔިތުން މިއަދު ދައްކަމުން ގެންދާ ކަމަށް ސަމީރު ވިދާޅުވިއެވެ.

"މިވެރިކަން މިގޮތަށް ގެންދާއިރުގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި މީގެ ދެވަނަ ސްޓެޕްގައި އަޅަންޖެހޭ ފިޔަވަޅެއް ނޭގޭނެ އެހެން ބޭފުޅަކު އައިސްގެނެއް، އެޕްލޭން އޮންނާނީ އިބްރާހިމް މުހައްމަދު ސާލިޙުގެ އަތްޕުޅުގައި. އެހެންވީމަ ރައްޔިތުން ގަބޫލުކުރަންޖެހޭނީ މި ބަޖެޓާއެކު 2023 ގައި އަދި ރައްޔިތުންނަށް ހެއުމަގެެއް ދައްކައިގެން އެކަންކަން ކުރިއަށް ގެންދެވޭނެ ބޭފުޅަކަށް ހަމަ ހުރީ ރައީސް ސޯލިޙްކަން، އެވާހަކަތައް ރައްޔިތުން އެބަ ކިޔައިދޭ ޓީވީ ޕްލެޓްފޯމްތަކުން އެބަ ފެނޭ އެކަންތައްތައް،" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާ އަށާއި ތަރައްގީއަށް ކޮށްފައި ހުރި ބޮޑެތި ހޭދަތައް އިދިކޮޅު ފަރާތްތަކަށް ނުފެނުނު ނަމަވެސް އެކަން ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގަައި ޖަހާފައިވާ ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާނެ ކަމަށާއި ރައްޔިތުންނަށް އެ ޚިދުމަތްތައް ލިބޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ރައީސް ސާލިޙު ވެރިކަން ކުރަށްވަންޖެހިވަޑަައިގަތީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށެވެ. އެގޮތުން ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކާއިއެކު އެމަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ކަމަށް ސަމީރު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން މި ނޫން ހާލަތެއްގައި ތިބިނަމަ އަޅުގަނޑުމެން ތިބޭނެ ހާލަތާއިމެދު ވިސްނާލަށްވާށޭ. އަޅުގަނޑުމެންނަށް މީގެ ކުރީގައި އެކިކަހަލަ ކާރިސާތައް ކުރިމަތިވީމަ ޖެހުނު ހާލަތާއި އުފުލަންޖެހުނު ތަކުލީފްތަކާއި އޭގެ ބަދަލުގައި މިއައި ކަންތައްތަކުން އަރައިގަނެ ދައުލަތުން ހަރަދުކޮށްދީގެން ދެއްްތޮ، ބައެއް ވިޔަފާރިތަކަށާއި ވަޒީފާ ގެއްލުނު މީހުންނަށާއި ވަރަށް ގިނަ ކަންކަން ކޮށްދިން. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އެންމެންނަށް ވެސް ހަމަޖެހިލައިގެން މިއުޅެވެނީ. ޖުމުލަކޮށް ގިނަ ބަޔަކަށް އެކަން ލިބުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު އެ ހާލަތުން އަރައިގަނެ މިހާ ހިސާބަށް އާދެވިފައި މިތިބީ،" ސަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވ

04-Nov-2022

ހެޔޮމަގަކީ އެހެންދީންތަކަންދައުވަތުދިނުންކަމުގާވާނަމަ މިޔަށްވުރެހެޔޮމަގެންގެންނާނެރައީސެއްހިޔެއްނުވެ ދެންމިގައުމަން އަށްނާނެހެނެއް ެ



ޓްރެންޑިން