މާލޭ ކޮމާޝަލް ހާބަރު ކައިރީ ހުންނަ ގަރާޖެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކުރުމަށް އެމްޕީއެލްގެ މުވައްޒަފަކު ކުރި މަސައްކަތް އެ ކުންފުނިން ފާހަގަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގެ ވިޔަފާރި ބަނދަރާއި ކައިރި ސަރަހައްދެއްގައި ހުރި ގަރާޖެއްގެ ބޭރުގައެވެ. މިއަދު މެންދުރު ހިނގި އަލިފާނުގެ އެ ހާދިސާގައި ސައިކަލެއްގައި ރޯވެ، މަގުމަތީގައި ދިޔައީ އަނދަމުންނެވެ.

އަލިފާންގަނޑު ރޯވެފައިވަނިކޮށް ނިއްވާލީ އެ ތަނުގައި ހުރި އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ މުވައްޒަފެއް ކަމަށްވާ އާދަމް ޝަޒީލެވެ. އެވަގުތު ފުލުހުންވެސް އެތަނުގައި ތިއްބެވެ. ނަމަވެސް އަލިފާން ނިންވާ ފުޅި ހިފައިގެން ޝަޒީލް އަލިފާން ނިވަން އުޅުނު އިރު ފުލުހުން އަލިފާން ނިންވަން މަސައްކަތް ކުރާތަނެއް ނުފެނެއެވެ.



އެމްޕީއެލްފަދަ ކުންފުނިތަކުގެ މުވައްޒަފުންނަކީ އެފަދަ ތަމްރީންތައް ދީފައިވާ ބައެއްކަމަށްވާތީ ގިނަ ބަޔަކު ދަނީ އެކަން ފާހަގަ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން