މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސްޕޯކްސްޕާސަންގެ މަގާމަށް އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އައްޔަނު ކޮށްފިއެވެ.

ސްޕޯކްސްޕާސަންގެ މަގާމަށް އަނަސް އައްޔަނު ކުރިކަން މިއަދު އެމްޑީޕީންވަނީ ހާމަކޮށްފައެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުގައި އެންމެފަހުން ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. ނަމަވެސް، މިއަހަރުގެ ތެރޭގައި ބޭއްވި އެ ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރެއްވުމަށް އިންތިވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެ މަގާމަށް މިއަދު އައްޔަނުކުރި އަނަސްއަކީ އެމްޑީޕީގެ މާޒީގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ އެސްޖީގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

އަނަސްއަކީ އެންމެފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ނެރުނު ކެންޑިޑޭޓެވެ. ނަމަވެސް، ޑރ. މުޙައްމަދު މުއިއްޒާއި ވާދަކޮށް އަނަސްއަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން