އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

މިގޮތަށް އެޕާޓީން ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެމްއެންޕީގެ ތަރުޖަމާނު ޝިދާތާ ޝަރީފް މިރޭ ވިދާޅުވީ މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީން މިފަދައިން ނިންމާފައިވާއިރު މި ސަރުކާރުން "ބެސްޓް އިންޓަރެސްޓް" ގައި މަސައްކަތް ކުރާ ކަމަކަށް ޕާޓީގެ މެމްބަރުންނަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަމަށް އިހުމާލުވެފައި ހުރި ވަރާއި ސަރުކާރުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ނުދާތީ މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން މެންބަރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކާފައިވެއެވެ.

އެމްއެންޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމިއިރު، މިހާރު ފެންމަތިވެގެން އުޅޭ ޗާގޯސްގެ މައްސަލައާއި ޓެކްސް ބޮޑުކުރުމުގެ މައްސަލަތައް ފަދަ މައްސަލަތަކުގައި އެ ޕާޓީގެ ލީޑަރޝިޕުން ދަނީ ސަރުކާރާއިމެދު ނުރުހުން ފާޅު ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން