މީގެކުރީގެ އެއްވެސް ސަރުކާރަކުން ނުގެންނަވަރުގެ ބޮޑު ކުރިއެރުމެއް މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެނެސްދީފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ, ރައީސް ޞާލިޙްގެ ވެރިކަމުގައި އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށާއި އެ ދާއިރާގެ ތަރައްގީއަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ހާއްސަކޮށް ކޮވިޑުގެ އާލަމީވަބާގެ ތެރޭގައިވެސް ނަރުހުންނާއި ޑޮކްޓަރުންނާއި އަދި އެކަމުގައި ޝާމިލުވި ގިނަ ބަޔަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރެއްވިއެވެ.

ސަމީރު ވިދާޅުވީ, ރައީސް ޞާލިޙް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ފުރިހަމަ ކޮށްދެއްވުމަށްފަހު ދެން އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ވާހަކަފުޅު ކަމަށާއި އެކަން ފުރިހަމަ ކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި އެވަނީ ފައިސާ ހިމެނިފައިކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ, ސިއްހީ ދާއިރާއިން މީހުން ބިނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

"ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި 5 ބިލިއަނެއްހާ ރުފިޔާ ކަނޑައެޅިފައި އެބަވޭ. އަދި ހަމައެއާއިއެކު ހޮސްޕިޓަލްތަކުގެ ހިދުމަތަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި އެބަވޭ. އެހެންވީމަ މިވަރުގެ ބޮޑު އަދަދެއްގެ ފައިސާ ކަނޑައެޅީމާ (ބަޖެޓާ ދެކޮޅުވާ މެންބަރުން) މިބުނަނީ ސިއްހީ ނިޒާމު ރަނގަޅު ކުރާނެކަމެއް ނެތޭ ބަޖެޓު ކުޑަ ކުރާށޭ." ސަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ގޮއްޔެ

03-Nov-2022

ޔާމީނު ވެރިކަމުގަ އެންޖޮއި ޕްލާސްޓީ ހެދޭގޮތް ހަމަޖައްސައިދީ އެކަންކުރަން ފެށީ މިހާރު އެ ކަމަށް ބޭނުންކުރާ އާލާތްތައް ހަލާލުވެ އެކަން ވެސް ކުރެވޭގޮތެއް ނެތް އަދިވެސް އަގަ ފުޅާ ކުރާތި ބޯންތަށި. ރަށްރަށުގެ ބަދަރު ހަދައި ފެނުގެ ނިޒާމް އާ މަގުތައް ހެދުން މިސަރުކާރުން އެބަ ހަމަޖައްސައިދޭ އެކަމަކު ސިއްހީ ދާއިރާއަށް އަޅާލުމެއް ނެތް. ޙަމަ ސުމެއް .



ޓްރެންޑިން