ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ގޮތެއް ނިންމާނީ ކަމާބެހޭ އިދާރާތަކުން ކުރާ ތަހުގީގަށް ފަހު ކަމަަށް އޭނާ ނިސްބަތްވާ އެމްއާރުއެމުން ބުނެފި އެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި ޝިމާޒްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އެމްއާރުއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީއަކީ ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއެއް ކަމަށެވެ. އެކަމަކު ޝިމާޒްގެ މައްސަލާގައި ގޮތެއް ނިންމަން ވާނީ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ތަހުގީގެއް ހިންގުމަށްފަހު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމުން ބުނީ އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަމުގައި ދެން ބައިވެރިވާ ފަރާތްތަކާއި އެކަމުގެ ބޮޑުކަން ވެސް ދެނެގަނެވޭނީ ފުރިހަމަ ތަހުގީގަކަށްފަހު ކަމަށެވެ. އަދި ޝިމާޒާ މެދު ޕާޓީން ގޮތެއް ނިންމާނީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު