ރައްޔިތުންގެ މަޖިލީހަކީ ކުޅޭކުޅޭ ތަނެއް ނޫންކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަމީރު މިރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަދި ރިޔާސަތުންވެސް މަޖިލިސް ހިންގުމުގައި އަމަލު ކުރަންވާނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ކަމަށެވެ.

އެގޮތުން، މޮރިޝަސްގެ އިހުތިސާސް ކަނޑައެޅުމުގެ މައްސަލައަށް އަލިއަޅުވާލައްވާ ސަމީރު ވިދާޅުވީ، ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ބަލައިނުގަނެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 149 މާއްދާގައި ބަޔާންކޮށްފައި އޮންނަކަމަށެވެ.

އެހެންކަމުން، ގަވާއިދުގައި އެއީ ރާއްޖެއެކޭ އަދި ރާއްޖޭން ބޭރެކޭވެސް ބުނެފައި ނެތްއިރު، އިންޓަނޭޝަނަލް ލޯއޮފް ޖަސްޓިސްގައި މޮރިޝަސްގެ މައްސަލަ އޮއްވާ އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވިގެން ނުވާނެކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ، ބަޖެޓްގެ ކަންކަމުގައިވެސް އަދި ޓެކުހާއި ގުޅޭ ކަންކަމުގައި ވެސް މަޖިލީހުގެ ތެރެއިން ދަތިތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް، މި ދައުރުގެ ތެރޭގައި ރައީސް ޞާލިޙަށް މިނިވަން ކަމާއިއެކު ވެރިކަން ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

އަދި މަޖިލީހުގެ ތެރެއިން ދަތިތަކެއް ކުރިމަތި ކުރިވިނަމަވެސް، ޓެކުހާއި ބަޖެޓްގެ ކަންކަމުގައި ސަރުކާރުން ބޭނުންވާގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ނިމިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސަމީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަހުމަދު

06-Nov-2022

ގޯސްވާނީ ރައީސް ނަޝީދު ކޮޕް27 ގައިސްރީލަންކާ ތަމްސީލް ކުރީމަ. މިމީހުން ވަރިހަމަ ދުނިޔޭގެ ކޯޓުތަކުގައި ދިވެހިރާއްޖެއާއދޘ މޮރިޝަސް ތަމްސީލު ކުރިއަޝް


4

ރަސްތަ

03-Nov-2022

ކަލޭމެން ބޭނުއްހާ ގޮތަކައް ކިތައްމެ ބައިބޮށޑު ހެންހީވިއަސް ކަންކަން ފާހެއް ނުކުރެވޭނެ ރައްޔިތުން ފެލަން ދިމާކުރަން ވެއްޖެނަމް ޓާމް ހަމަނުކޮށް މާޒީ ކުރިމަތި ކުރުވަފާނެ ކަލޭމެން ހޭއަރައި ތިބޭތި އަހަރެން ނަސޭހަތް ތެރިމިވަނީ ތަހުރިބާ ކޮށްލުމުގެ ފުރުސަތު އެބޮތް



ޓްރެންޑިން