ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނަށް ފާރަލިކަން ސާބިތުވެގެން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޑރ.ޙުސައިން ފާއިޒް މަޤާމުން ވަކިކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ ޑރ.ޙުސައިން ފާއިޒް މަގާމުން ވަކިކުރަން ނިންމީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާކަން ތަހްގީގަށް ސާބިތުވުމުންކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަމަށް ބުނެ، ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭގޮތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމައި އެކަން ތަންފީޒުކޮށް، އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުން އެ ގޮތުގެ މަތިން ކޮށްފައިވާކަން ތަހުގީގަށް ސާބިތުވޭ." ބަޔާނުގައިވެއެވެ.
ބަޔާނުގައި ސުޕްރީމް ކޯޓުގެ އެސްޖީއަކަށް ހުރެ ކެމެރާ އެޅުމުގެ މަސައްކަތަށް 2 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހަރުދުކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކްވަޔަމަންޓް ތައްޔާރުނުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށްކަން ވެސް ތަހުގީގަށް ސާބިތުވެފައިވާކަން ޑީޖޭއޭއިން ފާހަގަކޮށްފައިވެއެވެ.
މި އަމަލު ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން ޑރ.ފާއިޒަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފައިކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ.
ޑީޖޭއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުގެ މުވައްޒަފުން އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ފަނޑިޔާރުން ދީފައިވާ އިރުޝާދުތަކާއި ހިލާފުވެ، މުވައްޒަފުންނަށް ނުރަނގަޅު ނަމޫނާ ޑރ.ފާއިޒް ދައްކާފައިވާކަން ބެލިބެލުމުން ސާބިތުވާކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު