އެއްވެ އުޅުމުގެ މިނިވަންކަން ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައި ކަމަށާއި އަދި ނޫސްވެރިންނާއި ސިޔާސީ މީހުން ޖަލަށްލުމުން އެކަންކަމާ އޭރުވެސް ދެކޮޅު ހެދި ކަމަށް މިއުވާން ވިދާޅުވި އެވެ.
"ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ސަރުކާރުން ރައްޔިތުންނަށް ހޯދާ ދޭނެ އިނގޭތޯ." މިއުވާން ވިދާޅުވި އެވެ.
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅައި 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. މި އިސްލާހަށްފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިބި ހުރިހާ ޕާޓީއެއްގެ ބޭފުޅުން ވަނީ ފާޑުކިޔާފައެވެ. މި އިސްލާހު ބާތިލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

ކިޔުންތެރިންގެ ހިޔާލު