ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ދެނެގަތުމުގެ ސަރވޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސުން ފަށައިފިއެވެ.
ދިވެހިން ރާއްޖެއިން ބޭރަށް ހިޖުރަކުރާ މިންވަރާއި، ސަބަބުތައް ދެނެގަތުމާއި ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ސައްޙަ އަދަދު ދެނެގަތުމާއި އާބާދީގެ ތަފާސް ހިސާބުތައް އެކުލަވާލުމަށް ކުރިއަށްގެންދާ މި ސާވޭ ކުރިއަށްދާނީ މިމަހުގެ 30ގެ ނިޔަލަށެވެ.
މި ސަރވޭގައި މަޢުލޫމާތު އެއްކުރާނީ އޮންލައިންކޮށް ސުވާލު ކަރުދާހެއް މެދުވެރިކޮށްކަމަށާއި މި ފޯމްގައި ޖުމްލަ 19 ސުވާލެއް ހިމެނޭކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސުން ބުނެއެވެ. އަދި މި ސަރވޭއަށް މަޢުލޫމާތު ހުށައަޅަންޖެހޭނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭތާ 1 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުންކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.
ސަރވޭގައި ހިމަނާފައިވާ ސުވާލުތަކުގެ ތެރޭގައި މީހުންގެ އުމުރު، ޖިންސު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބޭނުން، ކައިވެންޏާ ދަރިމައިވުމާ ގުޅޭ މަޢުލޫމާތު، މަސައްކަތްތެރިކަން އަދި ތަޢުލީމީ ފެންވަރާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ދެނެގަތުމުގެ ސަރވޭއެއް ފަށާފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ރާއްޖޭގެ، ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭންބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަރވޭ 2022: ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ހުރިހާ ރައްޔިތުންވެސް މި ބިއުރޯގެ ވެބްސައިޓްގައިވާ ފޯމު https://t.co/EBJEZWipKh މެދުވެރިކޮށް ވީއެންމެ އަވަހަކަށް މިމަޢުލޫމާތު ފުރިހަމަކޮށްދެއްވުމަކީ މިބިއުރޯގެ ވަރަށް ބޮޑުއެދެމެވެ. pic.twitter.com/4fbyjXnmSt
— Statistics Maldives (@statsmaldives) November 2, 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ދެނެގަތުމުގެ ސަރވޭއެއް ފަށާފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ރާއްޖޭގެ، ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު