ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންްކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެެވެ.
މަޝްހޫރޫ ދީނީ އިލްމްވެރިޔާ އައްޝައިހް އިލްޔާސް ހުސައިން މިހެން ވިދާޅުވީ ސޮލީބުތައް ޖަހައި ރާއްޖޭގައި ހެލޮވީން ފާހަގަ ކުރި މައްސަލައަކާއި އައްޑޫގައި މަގު ހަދަން އެ ސިޓީއަށް ފައިބައި ތިބި އިންޑިއާ މީހުން މަގުގައި ތާރު އަޅަން ފެށުމުގެ ކުރީން ބަރަކާތް ލިބިގަތުމަށް އެދި ހިންދޫިންގެ އަޅުކަމެއް ފާޅުގައި ކޮށްފައިވާ ކަމަށްބުނާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފަައިވާ ދަނޑިވަޅެއްގައެވެ.
އިލްޔާސް ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް އާންމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެެވެ. އަދި އެފަދަ ކަންކަމަށް އިންކާރުކުރާ ކަމަށް ޝައިހް ވިދާޅުވިއެވެ.
"އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެއިލްމްވެރިންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ޝައިހް އިލްޔާސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދީނާ ހިލާފު ކަންކަން ހިންގަން ރާއްޖޭގައި އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އެ ފުރުސަތު ދީގެން ސަރުކާރުން ނޯންނާނެ ކަމަށާއި، އެފަދަ ކަަމެއް މީހަކު / ބަޔަކު ކުރިޔަސް ދޫކޮށްލައިގެން ނުތިބޭނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކުގައި ސަރުކާރުގެ ވިސްނުން ތަކުރާރު ކުރައްވަމުން މިއުވާން ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އަދި ދީނާ ހިލާފު ކަންކަން ހިންގުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެފަދަ ކަންކަމަށް އިންކާރުކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން.
— Ilyas Hussain (@shkilyas) November 2, 2022
إن شاء الله
"އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެއިލްމްވެރިންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ޝައިހް އިލްޔާސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދީނާ ހިލާފު ކަންކަން ހިންގަން ރާއްޖޭގައި އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އެ ފުރުސަތު ދީގެން ސަރުކާރުން ނޯންނާނެ ކަމަށާއި، އެފަދަ ކަަމެއް މީހަކު / ބަޔަކު ކުރިޔަސް ދޫކޮށްލައިގެން ނުތިބޭނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކުގައި ސަރުކާރުގެ ވިސްނުން ތަކުރާރު ކުރައްވަމުން މިއުވާން ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އަދި ދީނާ ހިލާފު ކަންކަން ހިންގުމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު