ގދ. ހޯނޑެއްދޫ ވަލުތެރެއިންނާއި އެ ރަށާކައިރީ އޮންނަ ފަޅުރަށަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަނެއްކާވެސް ހޯދައިފިއެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު މިއަދު ވިދާޅުވީ, މަސްތުވާތަކެއްޗާއި ދެކޮޅަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި ހޯނޑެއްދޫ ވަލުތެރޭންނާއި އެ ރަށާއި ކައިރީ އޮތް ފަޅުރަށަކުން ވެސް ގިނަ އަދަދެއްގެ ޑްރަގް ހޯދާފައިވާ ކަމަށެވެ.

އެގޮތުން, ފުލުހުންގެ މަސައްކަތުން އިތުރު 69 ކިލޯގެ ޑްރަގް ހޯދަފައިވާތީ އެކަމަށް ފުލުހުންގެ ޓީމަށް ސީޕީ ހަމީދު ވަނީ ސާބަސް ދެއްވާފައެވެ.

މި ނިމުނު އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުވެސް ފުލުހުންވަނީ ހޯނޑެއްދޫން 13 ކިލޯގެ ޑްރަގް އަތުލައިގެންފައެވެ. އެއާއިއެކު އެ އޮޕަރޭޝަނުގައި އަތުލައިގެން ޑްރަގްގެ އަދަދު މިވަނީ 82 ކިލޯއަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު