އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަޝްރޫއަކީ ފައިސާނެތިގެން ސަރުކާރުން ހުއްޓާލާނެ މަޝްރޫއެއް ނޫންކަމަށާއި ބަޖެޓްކޮށް ފައިސާހަމަޖެހި އެމަޝްރޫއުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރަމުން ގެންދާ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއަކީ ސަރުކާރަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.
މިޢްވާން ވިދާޅުވީ، އަރަބިއްޔާގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ބަޖެޓުގައި ހިމެނޭ ކަމަށާއި، ބައު ޖަމާލުއްދީން ހުރި ބިމުގައި، އަޅާ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތާއި، އެތަނާއި ޖެހިގެން އަޅާ، ޖަމާލުއްދީން ސްކޫލުގެ އެކްސްޓެންޝަން އިމާރާތަށް ޖުމުލަ 168 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓު ކުރެވިފައިވާ ކަމަށެވެ. އަދި އެއީ 29 ސެޕްޓެމްބަރު 2022ގައި އަމިންކޮންސްޓްރަކްޝަނާއި ހަވާލު ކުރެވިގެން މިހާރުވެސް މަސައްކަތް ކުރިޔަށްދާ މަޝްރޫއެއްކަން މިޢްވާން ފާހަގަކުރެއްވިއެވެ.
އަދި ކުރީގެ އަރަބިއްޔާ ސްކޫލަށް ވުރެ އަލަށް އަޅާ އިމާރާތުގައި އެތައް ވަސީލަތްތަކެއް ފުރިހަމަކުރެވި، ކުރިއަށްވުރެ މާބޮޑަށް ޖާގަ ތަނަވަސް، ޒަމާނީ ސްކޫލަކަށް އަރަބިއްޔާ ސްކޫލް ވެގެންދާނެކަން ފާހަގަކުރައްވައި އެކަމުގެ ތަފްސީލުތައްވެސް މިޢްވާން ވަނީ ހިއްސާ ކުރައްވާފައެވެ.
ޢަރަބިއްޔާ ސްކޫލުގެ މައްސަލައިގައި ނޫސްވެރިން ކުރި ސުވާލުތަކުގެ އިތުރުން، ނޫސްވެރިން ކުރެއްވި އެހެން ސުވާލުތަކަށްވެސް މިޢްވާން ވަނީ ޖަވާބު ދެއްވާފައެވެ. މިގޮތުން، އަންނަ އަހަރު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއި އެގޮތަށް އެކަން ކުރިޔަށްދާނެ ކަމުގައި މިޢްވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު