ދުއްވާފައިދިޔަ ބަގީއެއް މޫދަށްވެއްޓި ހިނގި ހާދިސާއެއްގައި އެ ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ, ބ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެ ރިސޯޓުގެ ޖެޓީމަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއިއެކު މޫދަށް ވެއްޓިފައިވާކަމަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ މޮރޮކޯގެ މީހަކަށެވެ. އަދި އެދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަދި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު