ބޭރުގެ ހޮސްޕިޓަލްތަކާއި ގުޅިގެން އާސަންދައިން ވައްކަންކުރުން ހުއްޓުވަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ހެލްތް މިނިސްޓަރު އަޙްމަދު ނަސީމާއި ސުވާލު ކުރުމުގެ ވަގުތުގައި ޖާބިރު, މިނިސްޓަރާއި ކުރެއްވި ސުވާލުގައި ވިދާޅުވީ, އާސަންދަ އަދިވެސް ހިނގަނީ ވަރަށްވެސް އިސްރާފު ބޮޑުކޮށް ކަމަށެވެ. އެގޮތުން އޭޑީކޭ ނާޝިދާއި ދެތިން ހޮސްޕިޓަލްގެ ވެރިން މުއްސަނދި ނުވާނެ ގޮތަކަށް އާސަންދައިގެ ފައިސާ އިސްރާފު ކުރުން ހުއްޓުވުމަށް މިނިސްޓްރީން ކުރައްވަނީ ކޮން މަސައްކަތެއްތޯ ޖާބިރު ވަނީ އައްސަވާފައެވެ.
އަދި ބޭރުގެ ހޮސްޕިޓަލްތަކާއި ގުޅިގެން އާސަންދައިން ބޮޑެތި އަދަދުތަކުން ފައިސާ ނެގުން ހުއްޓުވުމަށް މިހާރު ހިނގާ މޮޑެލް ނޫން ގޮތަކަށް އާސަންދަ ހިންގުން މުހިންމު ކަމަށްވެސް ޖާބިރުގެ ސުވާލުގައި ވިދާޅުވިއެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ, އާސަންދައިން އިސްރާފުވާ މައްސަލައަކީ ހަމަ ހިނގާ ކަމެއްކަމަށާއި އެކަމާއި ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އާސަންދަ ކުންފުނީގެ ސީއީއޯ މިހާރުވަނީ ބަދަލު ވެފައިކަމަށާއި އެހެންކަމުން މިނިސްޓްރީން އެދޭ އެފަދަ ކަންކަން ހައްލު ކުރުމަށް އާ ސީއީއޯ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އާސަންދައިން އިސްރާފު ހިނގާ ކަމަށާއި މި އަހަރުވެސް 1.6 ބިލިއަން ރުފިޔާ އާސަންދައަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު