އަހުމަދު މަސްނޫމް   2 ނޮވެމްބަރު 2022 - 12:27
ނިމުނު 3 ވަނަ ކުއާޓަރުގައި އެމްޓީސީސީން 112 މަޝްރޫޢެއް ހިންގާފައިވާކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 2 ވަނަ ކުއާޓަރުގައި 115 މަޝްރޫޢެއް އެމްޓީސީސީން ކުރިއަށްގެންގޮސްފައިވާއިރު، ނިމުނު 3 ވަނަ ކުއާޓަރުގައި ހިންގާފައިވަނީ 112 މަޝްރޫޢެކެވެ.



3 ވަނަ ކުއާޓަރުގައި އެމްޓީސީސީން ހިންގި 112 މަޝްރޫޢުގެ ތެރޭގައި ބަނދަރު ހެދުމުގެ 43 މަޝްރޫޢަކާއި، ބިން ހިއްކުމުގެ 12 މަޝްރޫޢަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 26 މަޝްރޫޢަކާއި އެއަރޕޯޓް ތަރައްޤީކުރުމުގެ 3 މަޝްރޫއެއް ހިމެނެއެވެ.

އެމްޓީސީސީން ވަނީ 3 ވަނަ ކުއާޓަރުގައި 8 މަޝްރޫޢެއްގެ މަސައްކަތް ނިންމާލާފައެވެ. އަދި 11 މަޝްރޫޢެއްގެ މަސައްކަތް ވަނީ އަލަށް ފަށާފައެވެ. އަދި 8 މަޝްރޫޢެއްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވެސްވެއެވެ.

އެމްޓީސީސީއަށް ލިބުނު އާމްދަނީއަށް ބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ވަނީ 593 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު