މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނިފައި ނެތީ އިދާރީ އޮޅުމަކުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.



އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އަަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތުގެ ފައިސާ ބަޖެޓުގައި ނެތީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެކަން ވީ ގޮތް ފިނޭންސް މިނިސްޓްރީން ވެސް ބަލަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަނާއެވެ.

އެ މަޝްރޫއު 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު 168 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު