މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން އަޅާ ބައެއް ޓަވަރުތައް މިދައުރު ނިމުމުގެ ކުރިން ނިމި މީހުން ދިރިއުޅެން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނަށް ދައްކާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިވަގުތު ބޯހިޔާވަހިކަމުގެ 54 ޓަވަރެއްގެ މަސަައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަަމަށެވެ. އާރިފް ވިދާޅުވީ މިއިން ކޮންމެ ޓަވަރެއްގައި 100 އަށްވުރެ ގިނަ ހައުސިން ޔުނިޓު ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ތަންތަން ގާއިމުކުރުން ކަމަށެވެ. އާރިފް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ބައެއް ޓަވަރުތަކުގެ މަސައްކަތް ނިމޭނެ ކަމަށެވެ.



އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާއިރު ބައެއް ޓަވަރުތަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދީފައިވާކަމަށް އާރިފް ވިދާޅުވިއެެވެ. އަދި 2024 ގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ކޮންޓްރެކްޓަރުން ބުނެފައިވާ ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައިވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށެވެ. އޭގެތެރެއިން ބައެއް ތަންތަން ނިމި މީހުން ދިރިއުޅެން ފަށާފަައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނަށް ދައްކާލާފައިވާއިރު އެޗްޑީސީން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެކި ފަންތިތަކުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި، ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ މަސައްކަތްތަކާބެހޭ ފަހުގެ މައުލޫމާތުތައް މިނިސްޓްރީން ވަނީ ނޫސްވެރިންނާއި މިއަދު ހިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން