ޒަހީނުއްދީން ސަޢީދު   2 ނޮވެމްބަރު 2022 - 0:27
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން މިއަދު ނިއްމާލައިފިއެެވެ.

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފަައިވާ އެމްޓީސީސީން މިއަދު ބުނީ އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.



އެގޮތުން މުސްކުޅި ބަނދަރު ބާވެ މަރާމާތަށް ބޭނުންވެފައި އޮއްވާ، ބަނދަރަށް ޖާގަ އިތުރުވެ، ބޭރުފަރާތު ގައު ތޮށި ހިލަ ތޮއްޓަކަށް ބަދަލުކުރެވި، ނުނިމިއޮތް އެއްގަމު ތޮށި އެއްކޮށް ނިމިގެން ދިޔުމާއެކު އޮޑި ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް ލަފާ ފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހަންޏާމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 32.50 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ ދަށުން، 6،363 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، މޫރިން ބޮޔާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން