ފޯޅަވަހި ނުވަތަ ޗާގޯސް ހޯދަން މަސައްކަތް ނުކުރި މައްސަލައިގައި ކުރީގެ ރަައީސުންނާއި ބަންޑާރަ ނައިބުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސް އައިލެންޑްސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުމާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެެއް ކަމަށް ކުރީގެ ރައީސްކަންކުރެއްވި ބޭފުޅުންނާއި ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅުން ވިދާޅުވަމުންދާ ކަމަށާއި، އެހެން ނަަމަވެސް އެ ސަރަހައްދު ރާއްޖެއަށް ހޯދަން އެބޭފުޅުން ކުރި މަސައްކަތެއް ނެތް ކަމަށެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެެއް ކަމަށް ކުރީގެ ރައީސުން ވަކާލަތުކުރަމުންދާއިރު އެ ސަރަހައްދާއި ދިވެހި ރައްޔިތުންގެ ހައްގު ހޯދަން ބައިނަލްއަގުއާމީ އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައަޅާފައިނުވާ ކަމަށާއި އެހެންކަމުން އެބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މޮރިޝަޝް އިން ފޯޅަވެއްސާއި މެދު ދައުވާކޮށް ދުނިޔޭގެ އޮތިއްޔާ އޮތްހާ ކޯޓަކަށް ގޮސް، ޔުނައިޓް ނޭޝަނަލް ކަމިޝަނެއް އޮތިއްޔާ އެތަނަކަށް ގޮސް ބައުންޑަރީއެއް ޓްރައިބިއުނަލެއް އޮތިއްޔާ އެތަނަކަށް ގޮސް ކާމިޔާބުކޮށް ޔޫރަޕްގައި އޮތްހާ ކޯޓަކުން އިނގިރޭސިވިލާތާއި ޔުނައިޓް ނޭޝަނަލް އިންޓަނޭޝަނަލް ކޯޓަކުން ހުކުމްކޮށް ނިމުނިއިރު ވެސް ހަމަ އަޅާވެސް ނުލައްވަނީ، ކަހާތަން ހިރުވާވެސް ނުލަނީ މިބޭފުޅުން. (ކުރީގެ ރައީސުންނާއި ބަންޑާރަ ނައިބުން) މައްޗަށް ދައުވާ ކުރަންއެބަޖެހޭ މިބޭފުޅުންގެ މިހާ ބޮޑު ހައްގެއް ދިވެހިންގެ ގެއްލިގެންދާއިރު ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން އަޅާ ނުލައްވާ ތިއްބެވީމަ،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ފޯޅަވަހި މައްސަލަ ބޮޑުކޮށްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ރާއްޖެއިން އެއްވެސް އެއްޗެއްް ދޫކޮށްލަައިގެން ނޫން ކަމަށެވެ. އަދި ފޯޅަވަހި މައްސަލައިގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ހަގީގަތާއި ހިލާފަށް ދައްކަނީ ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދެއް ހޯދަން އަދުގެ ސަރުކާރުން މަސައްކަތް ކުރާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެންމެ އިންޗިއެއްވެސް ސަރުކާރުން ދޫކޮށްފައިނުވާ ކަަމަށެވެ. ޢަދި އިނގިރޭސިވިލާތުގައި މޮރިޝަޝް ދައުވާ ކުރި ގޮތަށް ރާއްޖޭގެ ސަރަހައްދު ހޯދުމަށް ކުރީގެ ރައީސުންނާއި ބަންޑާރަ ނައިބުން ދައުވާކޮށް އެއްވެސް ކަމެއް ކުރަށްވާފަައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެފަދަ މައްސަލައެއް އެބޭފުޅުން ހުށައެޅުއްވި ނަމަ އެކަމާއި ގުޅޭ ލިޔެކިޔުންތައް ޓްރައިބިއުނަލް ތަކާއި ބައިނަލްއަގުއާމީ ކޯޓުތަކުގެ ގަޝިއްޔާތަކުގައި ހުންނާނެ ކަަމަށް ޝަރީފް ވިދާޅުވިއެވެ.

"މިމައްސަލައިގައި ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންނަށް ކެހިދީ ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާ ރައްޔިތުން ބޮޑު ހަމަނުޖެހުމެެއްގެ ތެރެއަށް ގޮސް ބަައިނަލްއަގުއާމީ ދާއިރާގައި ދިވެހިރާއްޖޭގެ އޮތް ރީތި ނަމާއި ދިވެހިންނާއި ދޭތެރޭގައި އޮތް ގުޅުން ކެނޑޭ ގޮތަށް މިކަން ކުރުމަކީ ނުރައްކާތެރިކަމެއް، އަޅުގަނޑުމެން ގަބޫލުކުރިއަސް ނުކުރިޔަސް މޮރިޝަޝް ދެންވާނީ ޔުނައިޓެޑް ނޭޝަންސްއިން މިހާރު ކޮށްފަައި އޮތް ހުކުމްގެ މައްޗަށް ބަލާއިރު އަޅުގަނޑުމެންގެ އަވައްޓެރި ގައުމަކަށް." ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

މުޖުތާޒު

03-Nov-2022

މަވޯޓާ ތެޅޭގޮތުންހީވަނީ އިބްރާހީމް މުހައްމަދު ސާލިހުހެން މީނަޔަށް ރިޒުގު ދެއްވަނީ


7

ޢަބްދުالله ސަަޢީދު ޤާނޫނީ ވަކީލު

02-Nov-2022

ތިޔަ މައްސަލާގައި ތަންފީޒީ މަރްހަލާ ކަޑައްތު ކުރަމުންދަނީ ޝަރީޢަތުގެ މަރްހަލާ ނިމިފައި އޮތުމުން ދެއްތޮ ވީމާ މިސަރުކާރުގެ މައްޗަށް ލާޒިމުވަނީ މިހާރު މައްސަލަ އޮތް މަރްހަލާގައި ޖަވާބުދާރީވުމެވެ



ޓްރެންޑިން