އިބްރާހިމް ފަހީމް   1 ނޮވެމްބަރު 2022 - 22:20
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ނިންމާފައިވާކަން އިދިކޮޅުން އިއުލާނުކޮށްފިއެވެ. 

ރައީސް ޔާމީން ކުރައްވަން ނިންމާފައިވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޔާމީން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވަން ނިންމަވާފައިވާކަމަށެވެ. 

ހީނާ ވިދާޅުވީ، ދަތުރުތައް ކުރަން ރޭވިފައިވަނީ މި މަހުގެ 6 އިން 9 އަށް ކަމަށާއި، ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ފަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން