ރައީސް މައުމޫނުގެ އެމްއާރްއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް ޢަލީ މަގާމުން ވަކިކޮށްދޭން އެދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ، ރައީސް ޞާލިޙަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި ލިބުނު ސިޔާސީ އެ މަގާމުގައި ޝިމާޒަށް ހަވާލު ކޮށްފައިވަނީ، ލޭޏްޑް ޓްރާންސްޕޯޓުގެ ހިދުމަތްތައް ބެލެހެއްޓުމެވެ.

ޝިމާޒަށް މިނިސްޓަރު ނަހުލާ ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ނަހުލާގެ ސިޓީގައި ވެއެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އުމުރު ހަމަވެފައިވާ އުޅަނދުތައް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށް ދޫކުރި ރަޖިސްޓްރީތަކުގައި ޝިމާޒްގެ ސޮއި ހިމެނޭ ކަމަށާއި ވެހިކަލް ރަޖިސްޓްރޭޝަންގައި ވެސް އޮޅުވާލުންތައް ހިންގަނީ ވަރަށް ބޮޑަށް ތަރުތީބުވެގެން ޝިމާޒްއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ވެސް ނަހުލާވަނީ ވިދާޅުވެފައެވެ.

ނަހުލާގެ އެ ތުހުމަތުތަކާއި ގުޅޭ ހެކި އެބަހުރިކަމަށްވެސް ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފްތާގައި ރައީސަށް ފޮނުއްވި އެ ސިޓީގައި، ރަސްމީ މަސައްކަތަށް ފަރުވާކުޑަކުރުމާއި މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަބުރުކަތިލުމުގެ އަމަލުތަކެއް ވެސް އޭނާ ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން މިހާރުވަނީ މި މައްސަލަ އެމްއާރުއެމްއާއި ހިއްސާ ކޮށްފައެވެ. ނަމަވެސް އެމްއާރުއެމުން މިހާތަނަށް އޭނާއާއިމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޝިމާޒުގެ މައްސަލަ ރައީސް އަރިހަށް ގެންގޮސްފައިވާއިރު،

މީގެ ކުރިން އޭސީސީން ބެލި މައްސަލައެއްގައިވެސް ޝިމާޒަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އެއީ، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެކެވެ. އެ މައްސަލާގައި ޝިމާޒު ހިމެނޭހެން 6 މީހަކު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ރ . ފަތްކޮޅު

03-Nov-2022

ދިވެހިނޫސްވެރިކަން ކުރިއަރާ މިންވަރު ވަރައްދަށް؛ވަޞީލަތް ފަހިޒަމާނުގައި؛ދެމަފިރިޔަކު އެއްދާން ކުރިޔަސް ހޫނު ނުފިލަނީސް އާއްމުންނަށް ސާފު ވީޑިއޯއަކުން އަޑާއިއެކު ހާމަކޮޮއްލަދެވެންވާނެ .



ޓްރެންޑިން